English Edition
Dhivehi Edition

ގއ. ވިލިނގިލީ ފުޓްބޯޅަ ކުޅޭ ދަނޑުގައި ޓާފް އަޅާނުދީގެން އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ޒުވާނުން އެ ރަށު ކައުންސިލް އިދާރާ ކުރިމަތީގައި ފުޓްބޯޅަ ކުޅެފިއެވެ.

ވިލިނގިލީ ޔޫތު ސެންޓަރު ގޯތިތެރޭގައި އޮންނަ ފުޓްސެލް ދަނޑުގައި ކުޅުމަށް ދަތިވާތީ އާއި އެތަނާއި ގުޅޭ ގޮތުން ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަ ކަމާބެހޭ ވުޒާރާތަކުން އަޑު ނާހާތީ ކަމަށް ބުނެ އެ ރަށުގެ ޒުވާނުންތަކެއް ވަނީ 04 ޑިސެމްބަރުގައި ފުޓްސަލް ދަނޑުގެ މެޓުތަކުގައި ރޯކޮށްލާފައެވެ. މިއަދު ހަވީރު ކައުންސިލް އިދާރާ ކުރިމަތީގައި ކުޅެންތިބި ޒުވާނުން ބުނާގޮތުން ފުޓްބޯޅަ ކުޅޭނެ އިތުރު ތަނެއް ކައުންސިލުން ހަމަޖައްސަންދެން ކުޅެމުން ގެންދާނީ ކައުންސިލް އިދާރާ ކުރިމަތީގައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެފައިވަނީ އެ ރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް އަޅާތީ ފުޓްސަލް ދަނޑުގެ ޓާފް މިވަގުތު ނޭޅޭނެކަން ތަކުރާރުކޮށް އެ ރަށު ކައުންސިލުގައި ދަންނަވާފައި ވާނެ ކަމަށެވެ. އަދި އެއީ އެހެން ރަށްރަށް ފުރުސަތު ދިނުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ގެ މިވާހަކަ ތަކަށް ރައްދުދެއްވަމުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ފުއާދު ވިދާޅުވެފައިވަނީ ވިލިނގިލީ ޒުވާނުން ފުޓްސަލް ދަނޑުގައި ޓާފް ބަދަލުކޮށް ދިނުމަށް ތަކުރާރުކޮށް އެދެމުން ދަނީ ފުޓްބޯޅަ ދަނޑު ނިމޭނެ ދުވަހެއް ނޭނގޭތީ އާއި ފެންސާއި ލައިޓް ޖެހޭނެ ގޮތެއްވެސް ނެތުމުން ކަމަށާއި މިހާރުވެސް ފުޓްސަލް ދަނޑުން އެތައް ޒުވާނުންނަށް ބޮޑެތި އަނިޔާތައް ލިބެމުން ދާތީ ކަމަށެވެ.

1 ކޮމެންޓް
HAm
ޖެނުއަރީ 6, 2021
Oh pls Villigili youths grow up. Thahuzeebu mujuthamau aka h rah hedhumah masaikai kurey. Thiee huvadhoo gai dhevana ah oiy enme bodu aabaadhee madhuvegen 8 rashuge rayyathun erashakah baroasaa vaa rasheh. Kiyavaigen thibi kulhadhaane rayyitheh thibi rasheh. Addu ah vee gothah villigiyyah nuhadhaa. Eyge gellun mulhi huvadhoo rayyathun thahammal kuran jeheyne. Miadhu thiya kuramun dhaa zinmaadhaaru kankamakuge badhunaamu ufulan jeheneekee villigili rayyathun ekangneh noon. Huvadhoo hurihaa rayyathun eyge badhunaam vey. Abadhuves raajje ge ehen sarahahdhu thakuge meetings furassaara aai malaamai rahdhuvaa bayeh huvadhoo meehun nakee.. Ekan ehithi aadha badhalu kolllan huvadhooge visney thahuzeebu dharin kuraa masaikai agehnethi faselhi foruviyanudhee. Adhunaanbe kahala dhareen ekuraa bura massaikathuge agu vazan koh emagun higey thahuzeebu bayakah vamaatho. Beynun kameh vaa irah hulhujehun aee halleh noon. Edhevenee annan oiy jeelah nubai msg eh. Shukuru