English Edition
Dhivehi Edition

ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުން ގެންދާ މީހަކީ ޏ.ފުވައްމުލައް، ދަޑިމަގު. ބޮޑުކެކުރިގެ، މުޙައްމަދު އަޒުހާރު (41އ) އެވެ.

ވީމާ މުޙައްމަދު އަޒުހާރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.