English Edition
Dhivehi Edition

އަންނަ އާދީއްތަ ދުވަހު ބޭބީ ނާސަރީ އަދި ނާސަރީގެ ކިޔެވުން ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް 10 ޖެނުއަރީ 2021 ގައި ފެށޭއިރު، ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެ ކަމަށެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން ފެށިގެންދާއިރު، އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ނާސަރީ އަދި ބޭބީ ނާސަރީގެ ކިޔެވުން ފިޔަވާ ހުރިހާ ގްރޭޑަކަށް ކިޔެވުން ފަށާ ގޮތަށެވެ. ނާސަރީ އަދި ބޭބީ ނާސަރީގެ ކިޔެވުން ފެށުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މާލޭ ސަރަހައްދުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގައި ކިޔެވުން ނުގެންދާތާ އަހަރެއް ވަނީއެވެ.