English Edition
Dhivehi Edition

ގއ ކޮލަމާފުށީ ގައި ބޮޑު ބަންދާއި ދިމާކޮށް ބޭއްވި ޔޫތު މެންސް އެންޑު ވުމެންސް ވޮލީބޯޅަ ޓޯނަމެންޓް ގެ ޗެންޕިއަންކަން ޓީމު ލަވިސްޓާއާއި ޖެހީނެގީ ހޯދައިފިއެވެ.

ކޮލަމާފުށީ ޔޫތު ސެންޓަރާއި، އަންހެނުން ކޮމެޓީ އަދި ކޮލަމާފުށީ ކައުންސިލް އާއި ގުޅިގެން 27 ޑިސެމްބަރ 2020 އިން 2 ޖެނުއަރީ2021 އަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ދެ ޑިވިޝަނަކަށް ބަހާލައިގެން އަންހެން އަދި ފިރިހެން ޒުވާނުންގެ މެދުގައި ބޭއްވުނު މުބާރާތެކެވެ. ދެ ޑިވިޝަން އެއްކޮށް ޖުމުލަ 8 ޓީމު ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެންޕިއަންކަން ލަވިސްޓާ ހޯދިއިރު އެންމެ މޮޅުކުޅުން ތެރިޔަކަން ހޮވުނީވެސް އެ ޓީމުގެ އުނޫޝާ އެވެ. ފިރިހެން ޓީމުގެ ޗެމްޕިއަންކަން ލިބުނީ ޓީމު ޖެހީނެގީ އެވެ. އަދި މޮޅުކުޅުން ތެރިޔަކީވެސް ޖެހީނެގީގެ ހުސެއިން ޖަމީލްއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2000 ރުފިޔާވަނީ ދީފައެވެ.

މި ފަދަ މުބާރާތް ތަކުގެ ސަބަބުން ޒުވާނުން ވޮލީބޯޅަ އަށް ޝައުގުވެރިކަން އުފެދި އަތޮޅު ފެންވަރުގައި ވާދަކުރާނެ ޓީމުތައް އުފެދިގެންދެއެވެ. މިއީ ޒުވާނުނަށް ޙައްސަކޮށްގެން ކޮލަމާފުށީގައި މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ މުބާރާތެވެ. މީގެކުރިން މުޅިންވެސް ކުރިއަށް ގެންގޮސްފައިވަނީ ވަންޑޭ ކަޕްއެވެ.