English Edition
Dhivehi Edition

ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަތިވުމަކީ ލޭގައި ސަރުބީގެ މންވަރު ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިވުމެވެ.

ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމުން ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކޮބަޑި ގަނޑެއް ގެ ސިފައިގައި ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ޖަމާވުމުން، ލޭހޮޅި ހަރުވާގޮތް ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން،ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ހިތަށް ލޭފޮނުވުން ދަށްވެ، އެކަށޭނަ ވަރަށް އޮކްސިޖަން ނުލިބުމުން “އެންޖައިނާ”ކިޔާ މޭގައި ރިހުމުގެ ވައްތަރެއް ކުރިމަތި ކުރުވައެވެ. ހިތަށް ލޭފޯރުކޮށްދޭ “ކޮރޯނަރީ އާޓަރީ”އޭ ކިޔޭ ލޭހޮޅީގައި ސަރުބީ ޖަމާވެ، ލޭހޮޅި ހަނިވެފައި ވަނިކޮށް، ގަނޑުލޭކޮޅެއް ލޭހޮޅީގެ ތެރޭގައި އުފެދި، އެލޭހޮޅި ބެދިއްޖެނަމަ، ހިތުގެ މަސްގަނޑުން ބައެއް މަރުވުން ފަދަ ކަމެއް ދިމާވުމަކީ އާންމު ކަމެކެވެ.

ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

ސަރުބީގެ މިންވަރު ދަށްކޮށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރާނީ ތެލާއި، ސަރުބީމަދު ކާނާ ބޭނުންކޮއް ގަވާއިދުން ކަސްރަތު ކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ތިބެއެވެ.

ޓެގު