English Edition
Dhivehi Edition

ބޮޑު ޑިސްކައުންޓަކާއެކު ސިތާނާ ސްޓޯރގެ އަހަރީ ސޭލް ގއ.ވިލިނގިލީ ގައި ފަށައިފިއެވެ.

މި ސޭލް ކުރިއަށް ދަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ގއ. ވިލިނގިލީ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ފުވައްމުލަކާއި ގދ. އަތޮޅު އަދި ގއ އަތޮޅުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ސިތާނާއިން ވިލިނގިލީގައި ކުރިއަށް ގެންދާ މި ސޭލްގައި ބައިވެރިވުމަށް އެ އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް ވެސް ވަނީ ދައުވަތު ދީފައެވެ. އަދި ފަސޭހަ ކަމާއެކު ސޭލް ގައި ބައިވެރިވެވޭނެ ގޮތަށް މައުލޫމާތު ފޯރުކޮށްދީ 7 ވަނަ ދުވަހު އެމްޓީސީސީގެ ފެރީ އޮންނަ ދުވަހު ހެނދުނު 9 އަކުން 11އަށް ޙާއްސަ ގަޑިއެއް އެފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ. އަދި ވިލިނގިލި ފިޔަވައި އެހެން ރަށްރަށުން އަންނަ ކަސްޓަމަރުންގެ ތެރެއިން 1000 ރުފިޔާއަށްވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ވިޔަފާރި އަކަށް 1 ކޮޅު ފެރީ ޓިކެޓް މުޅިން ހިލޭ ލިބޭނެކަމަށް ވަނީ ބުނެފައެވެ.

ސިތާނާ ސްޓޯރަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ވަރަށްވެސް އަގުހެޔޮކޮށް ރައްޔިތުންނަށް ސާމާން ފޯރުކޮށްދެމުންދާ ސްޓޯރެކެވެ. ކޮންމެ އަހަރެއްގައި އެކި އަތޮޅު ތަކުގައި މި ސޭލް ކުރިޔަށްގެންދާއިރު މި ދިޔައަހަރުގެ ކޮވިޑްއާއި ގުޅިގެން މި ސްޓޯރުންވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމުން އެސްޓޯރުގެ އެޖެންޓުން ލައްވާ ގޭގެ އަށް ޑެލިވެރީ ޙިދުމަތް ފޯރުކޮށް ދީފައެވެ.