English Edition
Dhivehi Edition
ޢުމުރުން ދުވަސް ވީ މީހަކަށް ފުލުހުން ހަދިޔާ ދެނީ/ފޮޓޯ ޕޮލިސްމީޑިއާ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެލްފެއަރ ކޯޕަރޭޝަނަށް ނަރުހަކު ހޯދަން އިޢުލާން ކޮށްފިއެވެ. މިމަޤާމަށް ކުރިމަތި ލެވެނީ ނާސިން ދާއިރާއިން ދަށްވެގެން އެމްކިއު އޭ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށް މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތަކަށް އިސްކަން ދޭ އުސޫލުންނެވެ. މީގެ އިތުރުން ޝަރުތު ފުރިހަމަ ވާ ފަރާތެއް ނުލިބިއްޖެނަމަ ތަޖުރިބާ އަށާއި އިންޓަވިއުއަށް ބެއްލެވުމަށްފަހު ވަޒީފާ ދެވޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕޮލިސް ވެލްޕެއަރ ކޯޕްރޭޝަން ޕވޓ ލޓޑ އަށް އެޑްރެސްކޮށް ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ، ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްޕެއަރ ކޯޕްރޭޝަން ޕވޓ ލޓޑ / އިސްކަންދަރު ކޮށި 01 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް އެދިފައިވެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3345053 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.