English Edition
Dhivehi Edition

ރާއްޖެއިން އިތުރު 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 24 މީހަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން މީހަކާއި، ރިސޯޓު ތަކުން 06 މީހަކު ވަނީ ފައްސިވެފައެވެ. އަދި ރާއްޖޭގައި ތަރައްޤީ ކުރަމުންދާ ރިސޯޓުތަކުން އެކަކު ވަނީ ފައްސިވެފައެވެ. އިއްޔެ، ޔޮޓުތަކާއި ސަފާރީ އަކުން އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.

އިއްޔެއާއި ހަމަޔަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،867 އަށް އަރާފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،734 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 322،728 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 621 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 31 މީހެކެވެ.