English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިކަމަށް އެމްޓީސީސީން ބުނެފިއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންހިއްކުމަށް ފަހު އެއާޕޯޓްގެ ޑިޒައިން މަސައްކަތާއި، ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ދޮޅު އަހަރުން ނިންމަން 144،833،139ރ. ހޭދަކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގައި 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށެވެ.