English Edition
Dhivehi Edition

ހޯނޑެއްދޫ ކޮމިޔުނިޓީ ސެންޓަރުން އިންތިޒާމްކޮށްގެން ބޭއްވި ވިމެންސް ޔޫތް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޗިކާގޯ ޑައުންސް ހޯދައިފިއެވެ.

ހޯނޑެއްދޫ ފުޓްސެލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ޗިކާގޯ ޑައުންސް ޗެމްޕިއަންކަން ހޯދީ 1-0 ގެ ނަތީއްޖާ އަކުން އެފް ސީ ސިއްސުވާލި މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗިކާގޯ ޑައުންސްގެ އައިޝަތު އަލްތާފް އެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޗިކާގޯ ޑައުންސް ގެ އަރޫޝާ އަބްދުލް މަޖީދު، އައިޝަތު އަލްތާފް، އެފް ސީ ސިއްސުވާލި ގެ އައިޝަތު މިނާ، އައިޝަތު ޒައިނާ އަދި އައިޝަތު އަލްވީނެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމް އަކަށް ހޮވިފައިވަނީ އެފް ސީ ސިއްސުވާލިއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޗިކާގޯ ޑައުންސް ގެ ނަދުވާ ޖުނައިދު އެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް ސީ ސިއްސުވާލިގެ އައިޝަތު އަލްވީން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗިކާގޯ ޑައުންސް ގެ އަރޫޝާ އަބްދުލް މަޖީދުއެވެ.