English Edition
Dhivehi Edition

ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ކ. ގުޅީފަޅުގައި ގާއިމްކުރަން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ނިންމަވައިފި އެވެ.

އެ ސެންޓަރަކީ، 2011 ވަނަ އަހަރު އަމަލުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގާއިމްކުރަން ލާޒިމްވާ ސެންޓަރެކެވެ. ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައަތްތަކުގެ ދަށުން، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށްފަހުގައި ކަމަށެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ވިދާޅުވީ މި ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަ ކުރެވޭ މަރުކަޒެއްކަމަށެވެ.