English Edition
Dhivehi Edition

ކިވީސީ ކަޕް ފުޓްސަލް މުބާރާތް 2020 ގެ ޗެމްޕިއަންކަން ލައިކަންސް އެފް ސީ ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ފިޔޯރީ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗްގައި ލައިކަންސް ޗެމްޕިއަންކަން ހޯދީ ކަރަންކާ ސްޕޯރޓްސް ކްލަބް އާއި ވާދަކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ.

ކަރަންކާ ސްޕޯރޓްސް ކްލަބް – ފޮޓޯ ވިސިޓް ފިޔޯރީ ފޭސްބުކް ޕޭޖް

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަރަންކާ ސްޕޯރޓްސް ކްލަބް ގެ ޖާރޒީ ނަންބަރު 11 އިޔާޒް އިލްޔާސެވެ. މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލައިކަންސް އެފް ސީ އަހްމަދު ދިހާމް އަޒީޒް އެވެ. އަދި މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެކުޅުންތެރިޔާގެ މަގާމް އަށް ހޮވިފައިވަނީ ކަރަންކާ ސްޕޯރޓްސް ގެ އިބްރާހިމް އަމީޒް އެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަރަންކާ ސްޕޯރޓްސް ގެ އިޔާޒް އިލްޔާސް އަދި ޕާރކް ރޯޔަލްސް ގެ ޒައިޝާން އަޝްރަފް އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ 13 ގޯލް ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
1- އިޔާޒް އިލްޔާސް (ކަރަންކާ ސްޕޯރޓްސް)
2- އަހުޒާން ޒާހިރު (ކަރަންކާ ސްޕޯރޓްސް)
3- އިބްރާހިމް އަމީޒު (ކަރަންކާ ސްޕޯރޓްސް)
4- މުޙައްމަދު އަރީޝް އިސްމާއިލް (ލައިކަން އެފް ސީ)
5- ނަޒްމީ މުޙައްމަދު (ލައިކަންސް އެފް ސީ)

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް އަށް ހޮވިފައިވަނީ ކަރަންކާ ސްޕޯރޓްސް ކްލަބް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ލައިކަންސް އެފް ސީ ގެ ކޯޗް އަހުސަން ޒާހިރު އެވެ.

ކިވީ ސީ ފުޓްސަލް މުބާރާތަކީ ކިވީ ސީ އިން އިންތިޒާމްކޮށްގެން ބޭއްވުނު ފުރަތަމަ ފުޓްސަލް މުބާރާތެވެ 26 ޑިސެންބަރުން 31 ޑިސެންބަރަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ފަސް ޓީމް ވަނީ ބައިވެރިވެފައިވެއެވެ