English Edition
Dhivehi Edition

އައްޑޫ ސިޓީ ޕޮލިސް އާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗަކާއެކު 02 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނާއި ބެހޭ މައުލޫމާތު ދެއްވަމުން ޕޮލިސް މީޑިއާ އިން ވިދާޅުވީ 29 ވަނަ ދުވަހު މެންދުރުފަހު 15:19 ހާކަށްއިރު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅުތަކަކާއި އެކު 02 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައިވަނީ ސ.މީދޫ ފަތާ ޓްރެކް ސަރަހައްދުން، މަސްތުވާތަކެތިކަމަށް ބެލެވޭ 07 ސެލޯފިން ކޮޅު ފެނިފައިވާކަމަށާއި އެ ތަކެތި ފެނިފައިވަނީ އެމީހުން ތިބި ސަރަހައްދުގެ ބިމުން ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.