English Edition
Dhivehi Edition
އެމްއެންޑީއެފްގެ ތަމްރީންތަކެއް ކުރިއަށްގެންދަނީ - ފޮޓޯ: އެމްއެންޑީއެފް

ހަތިޔާރާއެކު އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެމްއެންޑީއެފުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 04 ޖަނަވަރީ 2021 އިން 07 ޖަނަވަރީ 2021 އަށް 06.00 އިން 18.00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

  1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިން
  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ހުޅުމާލޭގެ އިރުން 07 މޭލު ބޭރުގައި

އަދި، އެ ތަމްރީނުގައި ހުޅުމާލެ ފޭސް 2 ގައި ޢާންމުން ދިރިއުޅޭތަންތަނާއި ދުރު ހިސާބުތަކުގައި ބްލޭންކްސް އަދި ޕައިރޯޓެކްނީކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.