English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ - ފޮޓޯ: ވަން އޮންލައިން

ރާއްޖެއިން އިތުރު 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 20 މީހަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން 04 މީހަކާއި، ރިސޯޓު ތަކުން 05 މީހުންނާއި ޔޮޓުތަކުންނާއި ސަފާރީތަކުން 02 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އިއްޔެ ރާއްޖޭގައި ތަރައްޤީ ކުރަމުންދާ ރިސޯޓުތަކުންނާއި ރަށްތަކުން އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،691 އަށް އަރައިފައިވެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 2،644 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 311،514 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 527 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 29 މީހެކެވެ.