English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ޝޯޝަލް ސަރވިސް އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ގއ. ވިލިނގިލި، ފަތަކުމާގެ ޝާފިޒް މޫސާ އައްޔަން ކޮށްފިއެވެ.

ރައީސު ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް މި މަގާމަށް ޝާފިޒް އައްޔަން ކޮށް ޝާފިޒަށް ވަނީ ވިލިނގިލީގައި ހުޅުވި ކޮމިޔުނިޓީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު “ދަގެނާ” ހިންގުމާ ހަވާލުކުރައްވަވާފައެވެ.

ދަގެނާ ޙުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލް ރައީސް އަޙްމަދު ފުއާދު ވެސް ވަނީ ޝާފިޒް މޫސާ އަށް ޝުކުރު ދަންނަވާފައެވެ.

“ޝާފިޒް މޫސާ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ރިކުއެސްޓް ގަބޫލުކުރައްވައި މި ސެންޓަރ ހަވާލުވި ކަމަށްޓަކައި، ޝާފިޒް މަސައްކަތަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވަން” ފުއާދު ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޝާފިޒަކީ ސަރުކާރުގެ އެކި އެކި ސެކްޓަރ ތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ކާރު ބޭފުޅަކެވެ. ޝާފިޒު ވަނީ ގއ. އަތޮޅު ހޮސްޕިޓަލްގެ މޭނޭޖަރުގެ މަގާމް ވެސް ފުރުއްވާފައެވެ. އަތޮޅު ހޮސްޕިޓަލްގައި ޝާފިޒް ހުންނެވި އިރު ހޮސްޕިޓަލަށް ބޮޑެތި ކުރި އެރުންތަކެއް ލިބިފައިވާކަން ފާހަގަ ކޮށްލެވެ.