English Edition
Dhivehi Edition

މިއަދު ތަސްދީގު ކުރި ފުލުހުންގެ ހިދުމަތުގެ ބިލާއެކު ރާއްޖޭގެ ދާހިލީ ހަމަޖެހުން ކަށަވަރުވެގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލި ހުފުލުހުންގެ ހިދުމަތުގެ ބިލް ތަސްދީގުކުރެއްވުމާއި ގުޅިގެން އިމްރާން ކުރެއްވި ޓުވިޓެއްގއި ވިދާޅުވީ ފުލުހުންގެ ގާނޫނު ތަސްދީގު ކުރެވި ތިން މަސް ފަހުން އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުން ގާއިމްވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ގާއިމް ކުރުމަށް ފުލުހުންގެ ހިދުމަތަށްވެސް ބަދަލުތަކެއް އަންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

Advt

Advertisement

މިއީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމަށް ސަރުކާރި ރައްޔިތުންގެ މަޖިލީސް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ދިވެހިރާއްޖެ ފުރިހަމަ ޑިމޮކްރެޓިކް މުޖުތަހައަކަށް ހެދުމަށްޓަކައި ފުލުހުން އިދާރާ ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ.