English Edition
Dhivehi Edition

އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ދެ ދުވަސް އިތުރުކޮށްފިއެވެ.

އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު ދެ ދުވަސް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ނިންމާފައިވާއިރު މިކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަންނަ އަހަރުގެ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން ޖުލައި 18 އާއި 25 ބަންދު ދުވަސްތަކެއްގެ ގޮތުގައި ނިންމައިފާކަމަށެވެ.

މި ގޮތުން ހޫދު ވިދާޅުވީ ޖުލައި މަހުގެ 19 ވަނަ ދުވަހަކީ އެ އަހަރުގެ ހައްޖު ދުވަސްކަމަށާއި އެހެން ކަމުން އާދިއްތަ ދުވަސް ބަންދު ކޮށްފައިވަނީ ހަފްތާ ބަންދަށްފަހު ހައްޖު އަދި އީދު ބަންދާ ދިމާކޮށް އަންނަ ބަންދު ނޫން ދުވަހަކަށް ވާތީ ކަމަށެވެ. އަދި ޖުލައި 25 ވަނަ ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހާއި އޭގެ ކުރިން އަންނަ ހަފްތާ ބަންދާއި ދިމާކޮށް އަންނަ ރަސްމީ ދުވަހަކަށްވާތީކަމަށްވެސް ހޫދު ވިދާޅުވިއެވެ.