English Edition
Dhivehi Edition

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ހިތްގައިމު ލޯބީގެ ވީޑިއޯ ލަވަ ”ޔާރު ތިއޭ މިހިތުގެ ޝިފާ“ އިން ހުނަރުވެރި އެކްޓްރެސް ޢާމިރާ އިސްމާޢީލް އަނެއްކާވެސް އެކްޓިންއަށް ނުކުމެއްޖެއެވެ.

ދިހަ އަހަރުވަންދެން ފިލްމީ ދާއިރާއާ ދުރުގައި އުޅުމަށްފަހު، އަލީ ރަމީޒުގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވަ ޔޫޓިއުބުގައި މިއަދުވަނީ ރިލީޒްކޮށްފައެވެ.

މިލަވައިގައި އާމިރާ އާއި އެކު އެކްޓަރ އަހުމަދު ޒިޔާޢު (ޒިޔާ) ފެނިގެންދާއިރު މިއީ ޢަލީ ރަޝީދުގެ (ގޮޅާ އައްޔަ) އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ބްލޫ ވޭވް އެންޓަޓެއިންމެންޓް‘ އާއި ’ޔޫއްޕެ ޕްރޮޑަކްޝަން‘ ގުޅިގެން އުފައްދާފައިވާ ލަވައެކެވެ.

އާމިރާއަކީ ފިލްމީ ދާއިރާގައި ވަރަށްގިނަ މަސައްކަތްތައް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 2003 ވަނަ އަހަރު އަމްޖަދު އިބްރާހިމް އުފައްދައި ރިލީޒްކުރި ލޯބީގެ ބިރުވެރި ފިލްމު ”ދޮންކަމަނަ“ އަދި 2005 ވަނަ އަހަރު އަޙްމަދު ނިމާލް އުފައްދައި ރިލީޒްކުރި ބިރުވެރި ފިލްމު ”ހަނދު ކޭތަ“ގެ އިތުރުން ފިލްމު ”ވެހޭ ވާރޭ ތެރޭން“ އާމިރާ ވަނީ އޭނަގެ ސަޕޯޓަރުންގެ ހިތް ކަތިލާފައެވެ. 2009 ވަނަ އަހަރު ނުކުތް ބިރުވެރި ފިލްމެއް ކަމަށްވާ “އުދަބާނި” ވެގެންދިޔައީ އާމިރާގެ އެކްޓިންގ މަތިން ދިވެހި އޯޑިއަންސް ހަދާނުން ފިލައިގެން ނުދާނެ ފިލްމަކަށެވެ. މިހާތަނަށް އާމިރާ ވަނީ ޖުމްލަ 20 ފީޗާ ފިލްމާއި 03 ކުރު ފިލްމުގެ އިތުރުން ޓީވީ ސީރީޒެއްގައި މަސައްކަތްކޮށްފައެވެ.

1 ކޮމެންޓް
aharem
ޑިސެމްބަރު 27, 2020
reehcheh noon.... dhivehi filmyvtharinnah ok konme hothakah thihbas kemra kurimahchah erenikoh.... hashigandhah balainulaa ehves varakah