English Edition
Dhivehi Edition

ގއ. ވިލިނގިލީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “އައިޑިޔާ” އިން ވިލިނގިލީގައި ގިނަމީހުން ޒިޔާރަތްކޮށް އެއްވެއުޅޭ ސަރަހައްދު ތަކުގައި “ސާފުވެއްޓެއް ގާއިމްކުރުމަކީ ތިމާވެށި ހިމާޔަތް ކުރުން ” މި ނަމުގައި ޝިޔާރުބޯޑުތަކާއި ޑަސްބިންތައް ބަހައްޓައިގެން ޤަޢުމީ އެއްވައިވަންތަކަމުގެ ދުވަސް ތަފާތު ގޮތަކަށް ފާހަގަ ކޮށްފިއެވެ.

މިނިސްޓްރީއޮފް އެންވަޔަރުމެންޓާއި އައި.ޖީ.އެސް.އީ ގެ އެހީތެރިކަމާއެކު އައިޑިޔާ އިން ކުރި މި މަސައްކަތުގައި ވިލިނގިލީގެ އިޖްތިމާއީ ސަރަހައްދު ތަކާއި ބީޗް ތަކުގައި 14 ޝިޔާރު ބޯޑާއި 20 ޑަސްބިން ވަނީ ބަހައްޓާފައެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް އިއްޔެ ޝަރަފުވެރިވެރި ކޮށް ދެއްވެވީ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދެވެ. ޝަރަފުވެރި މެޙްމާނުގެ ވާހަކަފުޅުގައި ޖަމިއްޔާތަކުން ރަށުގެ ތަރައްގީއަށް ކުރާ މިފަދަ މުހިއްމު މަސައްކަތް ތަކުގެ ސަބަބުން ތަނަށް ލިބިގެންދާ ކުރިއެރުން ފާހަގަ ކުރެއްވެވިއެވެ.

މި ރަސްމިއްޔާތުގައި އެއްބައިވަންތަ ދުވަހުގެ ރަސްމިއްޔާތުތަކަށް ވިނލިގިއްޔަށް ޒިޔާރަތް ކޮށްފައިވާ ދެކުނުގެ 4 އަތޮޅުގެ މެޙްމާނުން ވަނީ ބައިވެރިވެފައެވެ.

އައިޑިއާ ޖަމިއްޔާ ފާހަކޮށްލެވެނީ ވިނލިގިލީގެ ތިމާވެއްޓަށް މުހިއްމު އިސްކަމެއް ދީގެން މަސައްކަތް ކުރާ ހީވާގި ޖަމިއްޔާއެއްގެ ގޮތުގައެވެ. އެގޮތުން
އައިޑިޔާއިން ދެފިޔަވައްސަކަށް ބަހައިލައިގެން މީގެ ކުރިން ވެސް ވިލިނގިލި ފެހި ކުރުމުގެ ގޮތުން މަގުތަކާއި އިޖްތިމާއީ އެކި ސަރަހައްދުތަކުގައި ގަސްއިދުމުގެޕްރޮގްރާމް ތައް ވަނީ ހިންގާފައެވެ. އަދި ވަރަށް ބޮޑު އިސްކަމެއްދީގެން އައިޑިޔާ އިން ގެންދަނީ ވިލިނގިލީގައި އޮންނަ ‘ކުޅި’ ސާފުކޮށް ބަލަހައްޓަމުންނެވެ.