English Edition
Dhivehi Edition

ގއ. ގަނަފުށީގައި ކުރިޔަށް ގެންދިޔަ “އިނާޝިއާ ފުޓްސެލްކަޕް2020” އެރަށުގެ ފެނަކަ އެފްސީއިން ކާމިޔާބުކޮއްފިއެެވެ.
ގުރޫޕުތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތަކީ ގެމަނަފުށީގެ ވިޔަފާރިވެރިޔެއް ކަމަށްވާ މިސްބާހު ހަނީފު ރާވައި ހިންގި މުބާރާތެކެވެ. ރަށުގެ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތުގައި ޖުމްލަ ފަސްޓީމަކުންވަނީ ބައިވެރިވެފައިވާކަމުގައި މިސްބާހު ވަނީ މައުލޫމާތު ދީފައެވެ.
ފޯރިގަދަ މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެނަކަ އެފްސީގެ އަލީ މައިސާން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒުވާން މަސްވެރިން އެފްސީގެ އުޝާމް ފާއިޒެވެ. އަދި މިއާއެކު މި މުބާރާތުގެ ފެއާރ ޕުލޭ ޓީމަކަށް ހޮވިގެން ގޮސްފައިވަނީ ވޯލްފް ޕެކް އެވެ.

ވާދަވެރި މޮޅުކުޅުމެއް ފެނިގެން ދިޔަ މި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ އަލީ މައިސާން (ފެނަކަ އެފްސީ) އުޝާމް ފާއިޒް (ޒުވާން މަސްވެރިން އެފްސީ) ޖާވިދު އަލީ (ފެނަކަ އެފްސީ) އާދަމް އަރީޝް (އެންއެސް ރޯމާ) ތާރިފް އަލީ (ޒުވާން މަސްވެރިން އެފްސީ) އެވެ.

މިއީ އަދި ފެށުމެއް ކަމަށާއި މިފަދަ މުބާރާތްތައް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ގެމަނަފުށީގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭކަމަށްވެސް މިސްބާހުވަނީ ފާހަގަކޮއްފައެވެ.