English Edition
Dhivehi Edition

ރާއްޖެއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 21 މީހަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން 04 މީހަކު ވަނީ މިބައްޔަށް ފައްސި ވެފައެވެ. ރާއްޖޭގައި ތަރައްޤީ ކުރަމުންދާ ރިސޯޓު ތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން މިއަދު އެއްވެސް މީހަކު ފައްސި ވެފައެއް ނުވެއެވެ. މިއަދު ރާއްޖޭގައި ހިންގާ ރިސޯޓުތަކުންނާއި ސަފާރީ އަދި ޔޮޓުތަކުންވެސް އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،583 އަށް އަރާފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 2،183 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 301،481 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 502 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 36 މީހެކެވެ.