English Edition
Dhivehi Edition
ކަނޑުމަތީގެ ޙާދިސާއެއް ދިމާވެގެން މަޑުކޮށްފައި އޮތް ދޯންޏެއް/ފޮޓޯ އެމްއެންޑީއެފް

މަސްވެރިކަން ކުރަން އުޅެނިކޮށް ކަނޑައް ވެއްޓުނު މީހަކަށް މިޔަރެއް ޙަމަލާދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އޭނާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފުމުގެ ސަބަބުން އޭނާގެ ފައިގެ މައި ނާރަށް ގެއްލުންވެފައިވާ ކަމަށެވެ.

މިއަދު ހެނދުނު 9:36 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި މިޔަރެއް ހަމަލާދީފައިވަނީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު “ޒިކުރާ” ނަމަކަށް ކިޔާ ދޯނީގައި ހުރި 40 އަހަރުގެ ދިވެހި މަސްވެރިއަކަށެވެ.

ޒަޚަމްވި މަސްވެރިޔާ ވަނީ މެންދުރުކުރި 11.20 ގައި އަވަސް ފަރުވާއަށް ނައިފަރަށް ގެންދެވިފައިކަމަށް އެމް އެން ޑީއެފުން މަޢުލޫމާތު ދެއްވައެވެ.