English Edition
Dhivehi Edition
ލައިފް ސަޕޯޓް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ އާންތު/ އޭއޯ ނިއުސް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރީގައި “ލައިފް ސަޕޯޓް” ގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލައިފް ސަޕޯޓްގެ މި އައުޓްލެޓް ރޭ ރަސްމީކޮށް ހުޅުވައި ދެއްވެވީ ލޯކަލް ކައުންސިލްގެ އައްޑޫ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓު ހޯއްދަވާފައިވާ އަލީ ނިޒާރެވެ.

އޭއީއެޗް ގެ އިމަޖެންސީ ގޭޓު ކުރިމައްޗަށް ވާ ގޮތަށް ހުޅުވި މި ފިހާރައިން މަޝްހޫރު އެބޮޓް ކުންފުނީގެ ބޭސްތަކާއި، އިގިރޭސި ވިލާތާއި ދުބާއިން ގެނެސްގެން ވިއްކާ ޕްރޮޑްކްޓްތައް ލިބޭނެ ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

ލައިފް ސަޕޯޓުގެ ތިން ފިހާރައެއް މާލޭގައި ހިންގަމުން އަންނަ އިރު އައްޑޫގައި ހުޅުވި ފިހާރައިން އެކުންފުނީގެ މާލޭގެ ފިހާރަ ތަކުގައި ވިއްކާ އަގުގައި ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓު ލިބޭނެކަމަށް ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ މައުމޫން ވިދާޅުވިއެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް ސީދާ ފާމަސީން ގެއަށް ބޭސް ފޯރުކޮށްދެވޭނެ ކަމަށާއި އަދި ހެލްތް ކެއަރ ފެސިލިޓީ އާއި ހޯލްސޭލް ސެންޓަރ އިން ވެސް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަަމަށް މައުމޫން ވިދާޅުވިއެވެ،.

ލައިފް ސަޕޯޓުން ރާއްޖޭގައި ވިއްކާ ހުރިހާ ޕްރޮޑަކްޓަކީވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވިއްކާ ޕްރޮޑަކްޓު ތަކަށް ވާއިރު މިއީ އިތުބާރު ހިފޭ ފެންވަރު ރަނގަޅު ޕްރޮޑަކްޓްސް ތަކެއް ކަން ފާޙަގަކޮށްލެވެއެވެ. މިގޮތުން ލައިފް ސަޕޯޓުން އެތެރެކުރާ، އަންހެންބޭފުޅުންނަށް ހާއްސަ ބެލާ ޕްރޮޑަކްޓްސް އާއި އެންޝުއާ، ވައިޓަވައިޓިކްސް، ޕިޖަން ބްރޭންޑުގެ ސާމާންގެ އިތުރުން، ސްޓާބާމް ޕްރޮޑަކްޓުތައް އައްޑޫން ލިބޭނެ އިންތިޒާމް ހަމަ ޖައްސާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ބޭސްވިއްކާ ފިހާރަތައް އިތުރުވަމުން އަންނަ އިރު އެސަރަހައްދުގައި މިހާރުވަނީ 2 ރެސްޓޯރެންޓެއް ވެސް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.