English Edition
Dhivehi Edition

ފޭރުމުގެ މައްސަލައަކާ ގުޅިގެން ގދ. މަޑަވެލީ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ގދ. މަޑަވެލި / އުދަރެސް، އަޙްމަދު އަބާން ވަޙީދު (21އ) އެވެ.

އަބާން ވަޙީދު އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.