English Edition
Dhivehi Edition

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލީ ދުވަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ކީރިތި ކުރެއްވުނީ އުފަލުން ގޮސް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ސަލީމް ކުރެއްވި ޓުވިޓެއްގައިވަނީ ރައީސް ޔާމީން ޖަލަށް ލީ ދުވަހު ރައީސް ނަޝީދަށް ކީރިރިކުރެއްވުނީ ވީ އުފަލެއްގެ ބޮޑުކަމުން ކަމަށާއި ބާރަކީ ދާދި އަވަހަށް ނެތި ހިނގައިދާނެކަމެއްކަމަށް ވިދާޅުވެ ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވާފައެވެ.

އެމްޑީޕީގެ ހަރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ރައީސް އަބްދުުﷲ ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނު ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅިވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށް ހެދި ކަމަށެވެ.