English Edition
Dhivehi Edition
ކޫއްޑޫ. ފޮޓޯ ތަމްބެ ގްރެފީ

ގއ. ކޫއްޑޫ އައިސް ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އައިސް ވިއްކުން މިއަދު މެދުކަނޑާލައިފައިވާ ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ބުނެފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުސްޠަފާ ޖަމީލު “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އައިސް ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސައެއްގެ ސަބަބުން މަސްވެރިންނަށް އައިސް ވިއްކުން މެދުކަނޑާލެވިފައިވާ ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އެއްވެސް ދަތި ކަމެއްނެތި މަސްވެރިންނަށް އައިސް ލިބިގެން ދާނެކަމަށް މުސްތަފާ ވިދާޅު ވިއެވެ.

މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށް ވެފައި، މަސްވެރިންނަށް އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު އުތުރުގެ މަސްވެރިން ބާނާ މަސްކޮޅު ނުކިރި ކިޔުނަންބަރު ނަގައިގެން ކިޔުގައި ތިބޭކަން ފާހަގަ ކުރެވެއެވެ. މަސްވެރިން ބުނީ މަސްކިރެނީ ނަމްބަރު ނަގާތާ ހަފްތާއެއް ފަހުން ކަމަށާއި މިހާރުވެސް މަސް ނުކިރި އެތައް ދޯންޏަކުން، ފެލިވަރުން ނަމްބަރު ނަގައިގެން މަސްކިރަން ކިޔުގައި ތިބި ކަމަށެވެ.