English Edition
Dhivehi Edition
އައިޖީެއެމްއެޗް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ރާއްޖެއިން ބޭރުން ހަދާ ލެބް ޓެސްޓުތައް މިހާރު ހެދޭނެ ކަމުގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗް އިން ބުނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ހައްދާ ލެބޯޓްރީ ޓެސްޓްތައްް، ކޮވިޑް-19 އާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު، 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހު ފެށުމަށް ގަސްތުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި، އެ ހޮސްޕިޓަލްގެ ލެބޯޓްރީ މެޑިސިން ޑިޕާޓްމަންޓްގެ ނަންބަރު 3335122 އަށް ގުޅުއްވުމަށްވެސް އައިޖީއެމްއެޗް އިން ވަނީ އެދިފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އައިޖީއެމްއެޗް އިން ދެމުން އައި ބައެއް ޚިދުމަތްތައް މެދުކަނޑާލާފައިވާއިރު، ޙާލަތު ތަންދޭ މިންވަރަކުން އެ ހޮސްޕިޓަލުން ދަނީ ޚިދުމަތްތައް އަލުން ދެވޭނެ އިންތިޒާމު ހަމަޖައްސައި، ރައްކާތެރިކަމާއެކު ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތްތައް ދެމުންނެވެ.