English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ވަސީލަތްތަކުގެ އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ޝަޢުޤުވެރިވާ، ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ޑިސެންބަރު 17 ވަނަ ދުވަހުގެ 14:30 ގައި އޭއީއެޗްގެ ކޮންފަރެންސް ހޯލްގައެވެ.

އެ މަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ ޑިސެންބަރު 27 ވަނަ ދުވަހުގެ 13:30 ގައި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނާއި، ބީލަން ހުޅުވުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި، އެ ސެޝަނަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.