English Edition
Dhivehi Edition

ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 7 މީހަކާއި، ރިސޯޓުތަކުން 03 މީހެއްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެކަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ތަރައްގީ ކުރަމުން އަންނަ ރިސޯޓު ތަކުންނާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން އިއްޔެ އެއްވެސް މީހަކު ބައްޔަށް ފައްސިވެފައެއް ނުވެއެވެ. އިއްޔެއަކީ ޖުލައި މަހުގެ 07 ވަނަ ދުވަހަށް ފަހު ރާއްޖޭގައި އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ 13،379 އެކެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،854 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 271،346 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 593 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 62 މީހެކެވެ