English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

މި ހިނގާ ޑިސެންބަރު މަހުން ފެށިގެން އިންޑަސްޓްރިއަލް ލީޒް ރެންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބަލައިގަންނާނީ އައްޑޫ ސިޓީ ކައުންސިލުން ކަމުގައި އެ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ޤާނުނާއި ގުޅިގެން “އިންޑަސްޓްރިއަލް ލީޒް ރެންޓް” ގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ގުޅިގެން ބަލައިގަންނަމުންދިޔަ އެންމެހާ ފައިސާ އެ އޮތޯރިޓީން ބަލައިގަތުން 01 ޑިސެމްބަރ 2020 އިން ފެށިގެން ހުއްޓާލުމާއި ގުޅިގެން، އެ ތާރީޚުން ފެށިގެން އެ ފައިސާ ބަލައިގަތުން ކައުންސިލްތަކުން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން އެލްޖީއޭގެ އެ އެންގުމާއި ގުޅިގެން އައްޑޫ ސިޓީ އިން ކުލީބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން ދައްކަވަންޖެހޭ ބިމު ކުލި އޮންލައިންކޮށް ދެއްކެވުމަށްފަހު، ސްލިޕްކޮޅު އެ އަވަށެއްގެ އަވަށު އޮފީހަކަށް ވައިބަރ ނުވަތަ މެއިލްކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ފައިސާ ޖަމާކުރަންވީ އެކައުންޓުގެ ތަފްޞީލް:

އެކައުންޓް ނަން: Revenue- 1277

އެކައުންޓް ނަންބަރު: 7708700341001

ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕްކޮޅު ވައިބަރ ނުވަތަ އީމެއިލް ކުރާނީ:

  • ހިތަދޫގެ ބިންތަކުގެ ކުލި – ހިތަދޫ އަވަށު އޮފީހަށް (ވައިބަރ: 9495753)
  • މަރަދޫގެ ބިންތަކުގެ ކުލި – މަރަދޫ އަވަށު އޮފީހަށް (ވައިބަރ 7789043)
  • މަރަދޫފޭދޫގެ ބިންތަކުގެ ކުލި – މަރަދޫފޭދޫ އަވަށުއޮފީހަށް (ވައިބަރ 7651634)
  • ފޭދޫގެ ބިންތަކުގެ ކުލި – ފޭދޫ އަވަށު އޮފީހަށް (ވައިބަރ 7901809)
  • މީދޫގެ ބިންތަކުގެ ކުލި – މީދޫ އަވަށު އޮފީހަށް (ވައިބަރ 7945027)
  • ހުޅުދޫގެ ބިންތަކުގެ ކުލި – ހުޅުދޫ އަވަށު އޮފީހަށް ([email protected] )