English Edition
Dhivehi Edition
ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޓީޓީ ހޯލް - ފޮޓޯ: ޔޫތު މިނިސްޓަރ މަހުލޫފް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަން އަށް ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެ ލޯގޯ އަކީ އޮންލައިން އާއި ޕްރިންޓް އަދި މާޗެންޑައިޒްގައި ބޭނުންކުރެވޭނެ ލޯގޯއެއް ކަމަށެވެ. އެގޮތުން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި އެންމެހައި ފަރުދުންނަށް ވަނީ ހުޅުވާލައިފއެވެ.

އެގޮތުން ލޯގޯ ފަރުމާކުރާއިރު، އެއީ ޓޭބަލް ޓެނިސް އާއި ގުޅޭ، އޮރިޖިނަލް ލޯގޯއެއް ކަމުގައި ވާންވާނެ ކަމުގައި އިޢުލާނުގައި ބުނެފައި ވެއެވެ. މި މުބާރާތުން މޮޅުވާ ފަރާތަކަށް 2،500ރ. ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތަށް ލޯގޯ ޑިޒައިންތައް ހުށަހެޅުމުގެ ސުންގަޑި އަކީ 29 ޑިސެންބަރު 2020 ވަނަ ދުވަހުގެ 17:00 އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މުބާރާތަށް ހުށަހެޅޭ ހުރިހާ ލޯގޯއެއްވެސް އެ އެސޯސިއޭޝަނުން ނުވަތަ އެސޯސިއޭޝަނުން ޢައްޔަނުކުރާ ފަނޑިޔާރުން އިންސާފުކުރުމަށްފަހު އެއްވަނަ އަށް ދާ ފަރާތެއް ހޮވާެ ކަމަށެވެ.

އެ މުބާރާތަށް ހުށަހަޅާ ލޯގޯތައް ފޮނުވާނީ އީމެއިލް މެދުވެރިކޮށް ޕީޑީއެފް، ޖޭޕީޖީ ނުވަތަ ޕީއެންޖީ ފޯމެޓުގައި [email protected] އަށެވެ.