English Edition
Dhivehi Edition

މެސިވް އޯޕަން އޮންލައިން ކޯސް އޮން ނޭޗަރ-ބޭސްޑް ސޮލިއުޝަން ފޮރ ޑިޒާސްޓަރ އެންޑް ކްލައިމެޓް ރިސިލިއެންސް ގެ ނަމުގައި ކުރިއަށް ގެންދާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ،

ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލާއި ގުޅިގެން ޕާޓްނަރޝިޕް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިޒާސްޓަރ ރިސްކް ރިޑަންޝަން އާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގެ މަޤްޞަދަކީ އީކޯ ސިސްޓަމަށް ފައިދާކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުންކަމަށް ކައުންސިލުންވަނީ ބުނެފައެވެ. އިތުރަށް ކައުންސިލުން ބިނީ މި ކޯހުގެ މަގްސަދުގެ ތެރޭގައި ނޭޗަރ ބޭސްޑް ސޮލިއުޝަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ތަރައްޤީއެއް ޤާއިމްކޮށް ތިމާވެށި ރައްކާތެރިކޮށް ބައްޓަން ކުރާނެގޮތެއް ހޯދައި ދިނުންވެސް ހިމެނޭކަމަށެވެ.

2021 ވަނަ އަހަރު ޖެނުއަރީ މަހުގެތެރޭ އޮންލައިންކޮށް ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގެ ދިގުމިނަކީ 3 ގަޑިއިރާއި 6 ގަޑި އިރާއި ދެމެދުގެ ވަގުތެކެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން htt://pedrr.gov/MOOC ލިންކް ބޭނުން ކުރައްވައިގެން 31 ޑިސެންބަރ 2020 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވުމަށް ކައުންސިލުންވަނީ އެދިފައެވެ