English Edition
Dhivehi Edition

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފަރީދީ މަގުގެ ވަކި ސަރަޙައްދެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކާރެއްގެ ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ. މިމައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަދިވެސް ފުލުހުންގެ އޮޕަރޭޝަން ކުރިއަށްދާކަމަށް ހަމީދުވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ކަނޑުމަތިން ފާރަލަމުން އައި އެއްޗެއްސެވެ އެ އެއްޗެހި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ މިއަދު މެންދުރެއްހާ އިރުކަމަށް މައުލޫމާތު ލިބެއެވެ،އަދި ކާރުން އަތުލައިގަތް މަސްތުވާތަކެތި ހުރީ ހަ ސޫޓްކޭހާއި ދެ ގޯންޏަށް އަޅާފައެވެ. މިހާތަނަށް ބެލިބެލުމުން ބައެއް ސޫޓް ކޭސްތަކުގައި ހަ ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަފާކުރެވޭއިރު، އެ ކާރު ތެރޭގައި މަދުވެގެން 70 ކިލޯގެ މަސްތުވާތަކެތި ހުންނާނެކަމަށް ލަފާކުރެވެއެވެ.