English Edition
Dhivehi Edition
ބަރަތީ 24އ

ލޯބިވެރިޔާ ހިތްވަރުދީގެން ޒުވާން އަންހެނަކު ވީޑިއޯ ކޯލް ކޮށްގެން ހުރެ އަމިއްލަ އަށް މަރުވެއްޖެއެވެ.

މިހާދިސާގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައިވަނީ އިންޑިއާގެ ޓެމިލްނާޑޫގެ އުމުރުން 24އަހަރުގެ ބަރަތީ ނަމަކަށް ކިޔާ އަންހެނެކެވެ.

މިހާދިސާ ތަހުގީގު ކުރާ ފުލުހުންބުނީ، ބަރަތީ މީގެ މަސްތަކެއް ކުރިން ފޯނުން ރައްޓެހިވެގެން އުޅުނު އުމުރުން 32އަހަރުގެ ފިރިހެން މީހާއަކީ އިންޑިއާ ސިފައިންގެ އޮފިސަރެއްކަމަށެވެ. ފުލުހުން ބުނީ މިހާދިސާ ހިނގައި ދިޔަގޮތް ތަހުގީގަށް އެނގުނީ އެދެމީހުން ވީޑިއޯ ކޯލް ކޮށްގެން ތިބެ އަންހެން މީހާ އަލިއްލައަށް މަރުވި އިރު އެ ވީޑިއޯ ކޯލް ރެކޯޑް ކުރެވިފައިވާތީ އެވެ.

މި މައްސަލަ ހިނގައި ދިޔަގޮތް ނޫސްވެރިންނާ ހިއްސާކުރަމުން އިންޑިއާ ފުލުހުން ބުނެފައިވަނީ، ބަަރަތީ އެ ފިރިހެން މީހާ އާއި ރައްޓެހިވީ ފޯނުން ކަން އެނގޭކަމަށާއި އަބަދުވެސް އެދެމީހުން ވާހަކަ ދައްކަމުންދިިޔައީ ފޯނުން ވީޑިއޯކޯލ ކޮށްގެން ކަމަށެވެ. އެގޮތޮން ދެމީހުން ލޯބީގެ ގޮތުން ގުޅި ބަރަތީ އާއި ބައްދަލު ކުރުމަށް ޗެންނާއިން ނަގަޕޫރަށް އޭނަ އައުމާއެކު އޭނައަކީ މީހެއްގެ ފިރިއެއް ކަމަށާއި 3 ދަރިންގެ ބައްޕައެއްކަން ބަރަތީ އަށް އެނގުނުކަމަށެވެ. އެހާ ހިސާބުން ދެމީހުން ވަކިވާން ބަރަތީ ނިންމުމުން އެ ފިރިހެން މީހާ އޭނައާ ދުރުނުވެ ކައިވެނި ކުރުމަށް ބަރަތީ އަށް މަޖުބޫރު ވާގޮތަށް ބިރުދައްކަން ފެށިކަމަށެވެ. އެއަށްފަހު ބަރަތީ އޭނަގެ ކިބައިން ސަލާމަތް ވާނެ ގޮތެއް ނޭނގިގެން ވީޑިއޯކޯލް ކުރުމަށްފަހު އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ އަތުގެ ނާރުގައި ވަޅި އެޅުމުން އެ ފިރިހެން މީހާ އޭނަކައިރީ އަވަހަށް މަރުވުމަށް ދަންޖެހެން ބުނަމުން ދިޔަކަން ވީޑިއޯއިން ހާމަވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާދިސާ އެނގުނީ އެ ވީޑިއޯކޯލް ރެކޯޑްވެފައި އޮތުމުން ކަމަށެވެ. އަދި އެފުލުސްމީހާ ހައްޔަރުކޮށް މީހަކު އަމިއްލައަށް މަރުވާން ހިތްވަރު ދިނުމާއި އަދި އޭނަ މަރުވާން މަސައްކަތްކުރި ވަގުތު އެކަން ހުއްޓުވުމަށް ނަސޭހަތްތެރި ނުވުމުގެ ދައުވާ ވަނީ އޭނަގެ މައްޗަށް އުފުލާފައެވެ.

އިންޑިއާ އަކީ ދުނިގޭގެ އެންމެ ގިނަ ކުށުގެ ރެކޯޑް އޮަންނަ އެއްގައުމެވެ. އިންޑިއާގައި މީހުން މެރުމާއި ރޭޕްކުރުމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ އެގަމުރު ވަނީ އެންމެ ގިނަ ކުށްކުރާ ގައުމެއްގެ ގޮތުގައި ލޭބަލްވެފައެވެ.