English Edition
Dhivehi Edition
ފުވައްމުލައް ސިޓީ - ފޮޓޯ: އޮލިގެ ސްޓޯރ

ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިވާ ބޯޑުތަކުގެ އެގްރީމެންޓް ކޮޕީ ކައުންސިލަށް ހުށަހެޅުމަށް އަންގައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ވަނީ އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިވާ ބޯޑު ތަކުގެ ތެރެއިން ހުއްދަ ހޯދައިގެން އެއްބަސްވުމެއްގެ ދަށުން ހަރުކޮށްފައިވާ ބޯޑުތަކުގެ އެގްރިމެންޓް ކޮޕީ 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން އަށް ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުން އެ މުޢްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވާ ބޯޑުތަކުގެ އެގްރިމެންޓް ކޮޕީ އެ އިދާރާ އަށް ހުށައަޅާފައި ނުވާ ބޯޑުތައް ކައުންސިލުގެ ބެލުމުގެ ދަށަށް ނަގާނެ ވާހަކަ ވެސް ސިޓީ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.