English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރަން ނެގި ސާމްޕަލެއް އާރްއާރްޓީގެ މެންބަރަކު ބަންދު ކުރަނީ - ފޮޓޯ: މިހާރު

ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 ހަމައަށް މާލެ ސަރަޙައްދުން 32 މީހަކާއި، ހުޅުވާފައިވާ ރިސޯޓު ތަކުން 2 މީހަކު އަދި ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުން 2 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. ސިނާއީ މަސައްކަތް ކުރާ ރަށްތައް އަދި ތަރައްގީ ކުރަމުން އަންނަ ރިސޯޓު ތަކުން މިއަދު އެއްވެސް މީހަކު ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 13،106 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،801 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 249،994 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 898 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 86 މީހެކެވެ.