English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 22:01 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން 54 އަހަރުގެ އިންޑިއާ ފިރިހެނަކު އިއްޔެ ހައްޔަރުކޮށް މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށެވެ.

ފަހަކަށް އައިސް މަގުމަތީގައި އަންހެނުންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ފެންމަތިވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ގިނަ މީހުންނަކީ ބިދޭސީންނެވެ.