English Edition
Dhivehi Edition

ކްރިސްޓަލް ޕޯޓްރެއިޓްއަކީ ފުވައްމުލައް ސިޓީގެ އެންމެ ގިނަ ދުވަސްވީ ފޮޓޯ ނެގުމުގެ ހިދުމަތް ދެމުން އަންނަ އެއް ތަނެވެ. 2012 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނައިރު އެތަނުންވަނީ ފުވައްމުލަކުގެ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯދައިފައެވެ. ހިދުމަތުގެ ފެންވަރާއި ހިދުމަތް ދިނުމުގައި ބޭނުންކުރާ ވައްޓަފާޅިވެސް މީހުންނާއި މާ ރައްޓެހިވީމައެވެ. އަގުތައް ހެޔޮވެފައި މަސައްކަތުގައި އުޅޭ މުވައްޒަފުންވެސް ހުނަރުވެރީއެވެ.

ކޮވިޑް-19ގެ ސަބަބުން އިގްތިސާދީ ގޮތުން އައި ބޮޑު ލޮޅުން ކަޑައްތުކޮށް ގިނަ ވިޔަފާރިތަކެއް ބައްޔާއި އެއްކޮށް އުޅެ ހިދުމަތްތައް ދޭން ދަސްކޮށް އެނބުރި ވިޔަފާރިއަށް ނިކުމެފައިވާއިރު ކްރިސްޓަލް ޕޯޓްރެއިޓް އަކީވެސް އެފަދަ ވިޔަފާރިއެކެވެ. ކޮވިޑް-19ގެ ސަބަބުން ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި އިރު އެތަން ހުޅުވާލީ ތަފާތު ތަކަކާއިއެކުއެވެ. އެތަނަށް ގެނެސްފައިވާ އެންމެ ބޮޑު ތަފާތަކީ ފުވައްމުލަކަށް ނިސްބަތްވާ، ފޮޓޯ ނެގުމުގެ ދާއިރާއިން ތަޖުރިބާހުރި ފޮޓޯގްރާފަރ އެއް ތަނާއި ހަވާލުވުމެވެ.

ރިސޯޓް ދާއިރާގައި އަދި މީޑިއާގައިވެސް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތްކޮށްފައިވާ، ފޮޓޯ ނަގާ މީހުން އާންމުކޮށް ކިޔާއުޅޭ ނަމުންނަމަ އެކްމެޑް އަކީ އެތަނުގެ ހިންގުންތެރިޔާއެވެ. މިވަގުތު އެކްމެޑް އެތަން ހިންގުމުގެ އިތުރުން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގައި އަމަލީ ގޮތުން މަސައްކަތްކުރާއިރު މިއީ އެތަނުންދޭ ހިދުމަތްތައް އިތުރު ހަރުފަތަަކަށް ގެންގޮސްދޭނެކަމެއްކަން ކަށަވަރެވެ.

ފޮޓޯގްރާފަރ އެކްމެޑް

އެކްމެޑް އަކީ އެކި ކަހަލަ ފޮޓޯ ނަގަމުން އަންނަ ކުޅަދާނަ ފޮޓޯގްރާފަރ އެކެވެ. މިކަމުގެ ސަބަބުން ކްރިސްޓަލް ޕޯޓްރެއިޓް އިން ލިބެން ހުންނަ ހިދުމަތްތައް އިތުރުވެގެންދާނެއެވެ. ފުވައްމުލަކުގެ ހިތްގައިމު މާހައުލުތައް އެކި ގޮތްގޮތަށް ކެމެރާގެ ލެންސަށް ހެޔޮވަރުކޮށްލާ ރީތި މަންޒަރުތަކެއް ނަގާލުމަކީ އެކްމެޑް އަށް މާ އުނދަގޫ ކަމަކަށް ނުވާނެކަން ކަށަވަރެވެ. ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އަލުން ހިދުމަތް ދިނުމަށް ކްރިސްޓަލް ޕޯޓްރެއިޓްސް ހުޅުވާލައިފައިވާއިރު އެކްމެޑް ބުނި ގޮތުގައި އޭނާގެ ވެސް އެންމެ ބޮޑު އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތައް ބޭނުންވާ ފެންވަރުގެ ރަނގަޅު ފޮޓޯތަކެއް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.

“ވަރަށް ގިނަ ފަހަރު ދިމާވާ ކަމެއް ފޮޓޯ ނަގައި ނިންމާލުމަށްފަހު ފައިނަލް ފޮޓޯ އަތަށް ލިބޭ އިރު އެއާއި ދޭތެރޭ އެންމެ ހިތްހަމަ ނުޖެހުން. ހަމަގައިމުވެސް އެކަހަލަ މައްސަލަ ކްރިސްޓަލް ޕޯޓްރެއިޓްސް އިން ދިމާނުވާނެ. އެކަމަށް ވަރަށް ބޮޑު އިސްކަމެއްދެން. ހިދުމަތް ހޯދާ ފަރާތުގެ ހިތްހަމަ ޖެހުމަކީ އަސްލު ހުރިހާވެސް އެއްޗަކީ” އެކްމެޑް ބުންޏެވެ.

އެކްމެޑް އިތުރަށް ބުނި ގޮތުގައި ކްރިސްޓަލް ޕޯޓްރެއިޓް އިން އިންޑޯ އަދި އައުޓްޑޯ ފޮޓޯ ނަގައިދެމުން އަންނަ އިރު އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް މި ދުވަސްވަރު އުފަލާއެކު ގަބޫލުކުރެވޭ ފަދަ އަގުތަކަކަށް ހެދިފައި ހުންނާނެ ޕެކޭޖްތަކެއް ކަމުގައެވެ. އެގޮތުން ޕެކޭޖްތައް ހެދުމުގެ ކުރިން ކޮންމެވެސް ވަރަކަށް އާންމުންގެ ހިޔާލު ހޯދި ކަމަށާއި ޕެކޭޖްތައް ހެދިފައިވާނީ އެ ހިޔާލުތަކަށް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށްވެސް އެކްމެޑް ބުންޏެވެ.

ހިދުމަތް ހޯދުމުގެ ކުރިން ބުކިންގް ހެއްދުމުން އޭގެ ފަސޭހަ ހިދުމަތް ދޭ ފަރާތަށާއި ހިދުމަތް ހޯދާ ފަރާތަށް ލިބިގެންދާއިރު ކްރިސްޓަލް ޕޯޓްރެއިޓް އިން ހިދުމަތް ހޯދުމަށް ބުކިންގް ހެއްދޭނީ 6866655 ނަމްބަރާއި ގުޅައިގެންނެވެ.