English Edition
Dhivehi Edition

1990 ވަނަ އަހަރު ރިލީޒްކުރި މަހޭޝަ ބަޓްގެ މަޝްހޫރު ފިލްމު”އާޝިގީ” އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކްޓަރު ރާހުލް ރޯއީ އަށް ބްރެއިން ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން،ރާހޫލް އަށް ސްޓްރޯކް ޖެހުނި އޭނާ މިހާރު ކުޅެމުންދާ “އެލްއޭސީ – ލައިވް ދަ ބެޓްލް އިން ކާރްގިލް” ގެ ޝޫޓިންގް އަށް ކާރްގިލްއަށް ގޮސް އުޅެނިކޮށެވެ. އޭނާއަށް ބްރެއިން ސްޓްރޯކް ޖެހުނީ އެ ހިސާބުގަނޑުގެ މޫސުން ހުރި ގޮތުން ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ސްޓްރޯކް ޖެހުމުން ހެލިކޮޕްޓަރެއްގައި ވަގުތުން ރާހޫލް ވަނީ މުމްބައިއަށް ގެންގޮސްފައެވެ.އަދި މިހާރު ނާނާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކޮށް ރާހުލްއަށް ފަރުވާދެމުން އަންނައިރު މިހާރު އޭނާގެ ހާލު ރަގަޅުވަމުން އަންނަކަމަށް އާއިލާއިންވަނީ ބުނެފައެވެ.

ބިގްބޮސްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ރާހުލް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ‘ޕިރް ތެރީ ކަހާނީ ޔާދް އާއީ”ޖުނޫން’ އާއި ނަސީބް ފަދަ ފިލްމުތަކަކީ ފާހަގަކޮށްލެވޭ ފިލްމުތަކެވެ، ރާހުލްވަނީ ‘ރާހުލް ރޯއީ ޕްރޮޑެކްޝަން ކޮމްޕެނީގެ’ ނަމުގައި އޭނާގެ އަމިއްލަ ޕްރޮޑެކްޝަން ކުންފުންޏެއްވެސް އުފައްދާފައެވެ.

ޓެގު