English Edition
Dhivehi Edition

އައްޑޫ ސިޓީ ގަން ބްރިޖް މަތިން ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެއެވެ،

މި އެކްސިޑެންޓް ހިނގައިފައިވަނީ އެއްކޮޅަކަށް ދުއްވައިފައި ދިޔަ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު އޯވާޓޭކް ކުރަން އުޅެނިކޮށް އަނެއް ސައިކަލުގައި ޖެހިގެން ކަމަށް މަންޒަރު ދުށް މީހުން މައުލޫމާތުދެއެވެ. މި އެކްސިޑެންޓުވީ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ވަނީ ބްރިޖުން ކަހާލައިގެން ގޮސް މޫދަށް ވެއްޓިފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް މިވަގުތު އަންނަނީ އައްޑޫ ސިޓީ ފޭދޫ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަންނަނީ އެކްސިޑެންޓްވި މީހާ އިތުރު ފަރުވާއަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ބޮލަށް އަނިޔާވެ ހަށިގަނޑަށް ވަނީ އިތުރު އަނިޔާތައްވެސް ލިބިފައެވެ.

މޫދަށް ވެއްޓުނު ސައިކަލުގައި ތިބީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 18 އަަހަރުގެ މީހެކެވެ. އެމީހުންނަށްވެސް ވަނީ އެކި ކަހަލަ އަނިޔާތައް ލިބިފައެވެ.