English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ ހިތަދޫގައި ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ހިތަދޫ އަވަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ސ. ހިތަދޫ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުށް މަދު އަދި އަމަން އަމާން ވެއްޓެއްގެ ގޮތުގައި ބޭއްވުން ކަމުގައިވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޒުވާނުންނަށް އެފަދަ ޕްރޮގްރާމްއެއް ޚާއްޞަ ކުރެވިގެންދަނީ، ހިތަދޫ އަކީ އާބާދީ ބޮޑު ރަށަކަށް ވެފައި ކުށްމަދު ވެއްޓެއް ޤާއިމްކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވޭނީ ރަށުގެ ޒުވާނުންގެ ޚިޔާލާއި މަޝްވަރާއާއި އެއްބާރުލުން ލިބިގެން ކަމަށްވާތީ ކަމަށާއި، އެ ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިސްސަރވިސްގެ ބޭފުޅުން ކަމުގައިވެސް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން ނަމާއި ގުޅޭނެ ނަންބަރު 29 ނޮވެންބަރ 2020 ގެ 12:00 ގެ ކުރިން 7789042 އަށް މެސެޖް ނުވަތަ ވައިބަރކޮށް ދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.