English Edition
Dhivehi Edition

ރައީސް ޔާމީން އިންނެވި ލޯންޗް ކައިރިއަށް އެއްވި ދެ އަންހެނަކަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔަމީންގެ ޝަރީއަތުގެ އަޑުއެހުން ނިމުމުން ފުރާ ވަޑައިގަންނަވަން ލޯންޗުކޮޅު ކައިރިއަށް ވަޑައިގަތް ވަގުތު އެ ސަރަހައްދަށް އެއްވި ދެ އަންހެން ބޭފުޅަކަށް ފުލުހުން އަނިޔާކޮށްފައިވާކަމަށާއި އެ ދެ އަންހެނުންގެ އަތާއި ތުންފަތަށް އެކި ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި އެ މީހުންނަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެތަނަަށް އެއްވި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިއަދު މާލެ ވަޑައިގެންނެވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަަލައެއްގެ ޝަރީއަތުގެ އަޑު އެހުމަކަށެވެ. ރައީސް ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރެއްވުނަސް، މައްސަލައާ ގުޅިގެން އެކަށީގެންވާ މަސައްކަތްތައް ކުރައްވަން ވަގުތާއި ވަސީލަތްތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ. މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ވަނީ ޔާމީންއަށް ދެއްވާފައެވެ