English Edition
Dhivehi Edition

މީޑިޔާނެޓުން ހުރިހާ ޗެނަލްތައް އިތުރު 30 ދުވަހަށް ބަލާލެވޭނެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޑިސެންބަރު މަހުގެ ނިޔަލަށް ހުޅުވާލެވުނު މިޕްރޮމޯޝަނުގައި އަލަށް ޚިދުމަތް ހޯދާ ހުރިހާ ފަރާތަކަށް މީޑިޔާނެޓްގެ ހުރިހާ ޗެނަލްތައް އިތުރު 30 ދުވަސްވަންދެން ބަލާލެވޭނެއެވެ. މިއީ މުޅި ރާއްޖެއަށް ހާއްސަކޮށްގެން ހިންގާ ޕްރޮމޯޝަނެކެވެ.

މިޕްރޮމޯޝަނުގެ ދަށުން ކަނެކްޝަން ނަންގަވާ ބޭފުޅުންނަށް ވަރަށް ހާއްސަ އަގުތަކެއްވެސް ކަނޑައަޅާފައިވާނެކަމަށް މީޑިޔާނެޓުން މައުލޫމާތުދިނެވެ.

މީޑިޔާނެޓުން ބުނާގޮތުގައި މިޕްރޮމޯޝަންއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސް އަށް ގުޅައިގެން ނުވަތަ ރަށްރަށުގައި ތިބި އޭޖެންޓުންނާއި ގުޅައިގެން ވެސް އެރަށްތަކަށް ކަނެކްޝަން ގުޅައިދިނުމާއި މައުލޫމާތުވެސް ސާފްކުރެވޭނެއެވެ.