English Edition
Dhivehi Edition

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ނެރުމަށް ހަމަޖެހިފައިވާ 2021 ވަނަ އަހަރު ވޯލް ކަލަންޑަރާއި ޓޭބަލް ކަލަންޑަރު ވިއްކަން ފަށައިފިއެވެ.

އެގޮތުން ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތު އެނގޭނޭ ގޮތަށް ފަރުމާކުރެވިފައިވާ ވޯލް ކަލަންޑަރު ވިއްކުމަށް ހަމަޖެހިފައިވަނީ -/25 ރުފިޔާއަށް ކަމަށާއި، ޓޭބަލް ކަލަންޑަރެއްގެ އަގަކީ -/65 ރުފިޔާ ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.

އެ ކަލަންޑަރު ލިބެން ހުންނާނީ ރަސްމީ ގަޑީގައި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުގެ އިތުރުން ފޮތް ވިއްކާ ފިހާރަތަކުންނެވެ. އެކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީގެ ނަންބަރު 3020271 އަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.