English Edition
Dhivehi Edition

އައްޑޫ ސިޓީ ގައުކެނޑި ބްރިޖްގެ ފެންސުގައި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ބިޑް ގަންނަން ލިބެން ހުންނާނީ 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އާއި ހަމައަށް ކަމަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300ރ. އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، އެ އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected]) ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުން ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި އެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުން ފެށިގެން 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު [email protected] އަށް މެއިލްކުރުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

އަދި އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 03 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށާއި، އެ މުއްދަތުގައި މެއިލްއަށް ޖަވާބު ނުލުބިއްޖެނަމަ އެ އިދާރާގެ ޕްރޮޖެކްޓް ސެކްޝަނަށް ވަޑައިގަތުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމުގައިވެސް އިޢުލާނުގައި ވެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.