English Edition
Dhivehi Edition
އަލިރާސްތާ ދޯނި/ފޮޓޯ ޕޮލިސްމީޑިއާ

މ. ކޮޅުފުށި ދެކުނުން 11 ނޯޓިކަލްމޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު އަލިރާސްތާ 1 ނަމަކަށް ކިޔާ ދޯނީގައި ހުރި ޒުވާނެއްހެ ލޮލަށް ބުޅިއެއް ހެރިގެން އަވަސްފަރުވާއަށް ގެންގޮސްފިއެވެ.

26 އަހަރުގެ ދިވެހި އެ ޒަވާނާގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން ގެ ސިފައިން ވަނީ އޭނާ މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ހޮސްޕިޓަލަށް އޭނާ ގެންދެވިފައިވަނީ މިއަދު 2.45 އެހާއިރުކަމަށެވެ.