English Edition
Dhivehi Edition

 

މާލޭގެ ފަޅުތެރޭ މޫދަށް ވެއްޓިފައިވާ މީހަކު ފުލުހުން މިއަދު ނަގައިފިއެވެ. މިއަދު 9.43 އެހާކަށްހާއިރު މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ފުލުހަށް ލިބުމާގުޅިގެން އެމީހާ އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން ވިދާޅުވެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޢުމުރުން 58 އަހަރުގެ ފިރިހެނެކެވެ.

މިޙާދިސާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަވަނީ ތަޙުޤީޤު ކުރަމުންނެވެ.