English Edition
Dhivehi Edition
މާލެއިން ރޭންޑަމް ސާމްޕަލް ނެގުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިއަދު 14:09 ގައި ނިޔާވެފައެވެ.

މިއާއެކު، ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 38 ދިވެއްސަކާއި 8 ބިދޭސީއެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަކުރި ގޮތުގައި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،578 އަށް އަރައިފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހި މިހާތަނަށް 11،559 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 341 މީހުން ތިިބިއިރު 82 މީހަކު އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންނެވެ.