English Edition
Dhivehi Edition
"މޯހިރު" މަސްދޯނި - ފޮޓޯ: އެމްއެންޑީއެފް

މަސްދޯންޏެއްގެ ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ވައްޓަރު ފަރު ކައިރިން މަސްވެރިކަން ކުރަމުންދިޔަ “މޯހިރު” ދޯނީގައި ހުރި ދިވެހި ފަޅުވެރިއަކަށް ދިމާވި ކުއްލި ޞިއްޙީ މައްސަލައަކާއި ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ ހާދިސާގައި އެ ފަޅުވެރިޔާ އަށް ދިމާވީ ޞިއްޙީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިއަދު 09:50 ހާއިރު އެ ފަޅުވެރިޔާ މ. މުލި އަށް ގެންގޮސްދީފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.